ads
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވީއައިއޭގައި: ފޮޓޯ:އަވަސް
ރާއްޖޭގެ ޓެކްސް ނިޒާމަށް ބަދަލު ގެނައުމަށް ވޯލްޑް ބޭންކުން ހުށަހަޅައިފި
ރާއްޖޭގެ ޓެކްސް ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ވޯލްޑް ބޭންކުން ހުށަހަޅައިފިއެވެ.
Advertisement

މި ހުށަހެޅުންތައް ހިމެނޭ ރިޕޯޓެއް މި މަހުގެ 10 ވަނަ ދުވަހު ވޯލްޑް ބޭންކުން ޝާއިއު ކޮށްފައިވެ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ބޮޑު އަދަދެއްގެ ޓެކްސް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރާއްޖެއިން ބޭރުގައި ހިންގާ އޮންލައިން ޕްލެޓްފޯމްތަކުން ރާއްޖޭގެ ޓޫރިޒަމް ޕެކޭޖްތައް ވިއްކާއިރު، އެ މުއާމަލާތްތަކުން ރާއްޖެއަށް ޓެކްސް ނުލިބޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. މިކަމަށް ހައްލެއް ހޯދުމަށް ވޯލްޑް ބޭންކުން ހުށަހަޅާފައިވަނީ ބޭސް އިރޯޝަން ޕްރޮފިޓް ޝިފްޓިން ޕްރޮޖެކްޓްގެ އޮނިގަނޑު ބޭނުންކުރުމަށް ހުށަހަޅާފައެވެ.

މި ބަދަލުތަކުގެ ތެރޭގައި ޑިޖިޓަލް އިގުތިސާދު ޓެކްސް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ދާއިމީ އެސްޓަބްލިޝްމަންޓްގެ ދަރަޖައިން ރެކުމަށް ބޭނުންކުރާ މަސްނޫއީ އުކުޅުތައް ހުއްޓުވުން ހިމެނެ އެވެ. އަދި ރާއްޖޭގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނެގުމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަލައިގެން ޓެކްސް ނަގަން ފެށުމަށް ވެސް ވޯލްޑް ބޭންކުން ލަފާދީފައިވެ އެވެ.

މި ބަދަލުތައް ގެނައުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކާ ގުޅުން ގާއިމުކުރުމާއި، އެ ޕްލެޓްފޯމްތަކުން ރާއްޖޭގައި ދާއިމީ ވިޔަފާރީގެ ގޮފިތައް ގާއިމުކުރުން ލާޒިމުކުރުން ހިމެނެ އެވެ. މި މައްސަލަތައް ހައްލުކުރުމަށް މީރާގައި ގާއިމުކުރަންޖެހޭ ވަސީލަތްތަކާ ބެހޭ ގޮތުންވެސް ވޯލްޑް ބޭންކުން ލަފާދީފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް