ads
ޓޫރިސްޓުން : ފޮޓޯހުރިހާ
އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ލައްކައާ ގާތްވެއްޖެ
މި އަހަރުގެ މިހާތަނަށް އިންޑިއާއިން 92،860 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދާއިރު، އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ. 

އަހަރުގެ ކުރީކޮޅު އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައިވީ ނަމަވެސް، މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިވަގުތު އަވަށްޓެރި އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން ހަވަ ނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ނަމަވެސް އިންޑިއާއަކީ ކޮވިޑު ކިރިން އަދި 2023 ވަނަ އަހަރާއި ހަމައަށް ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި އެއްގައުމެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާއެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 229،111 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މުޅި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ 15 ޕަސަންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 167،223 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 1،531،707 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ނިމިދިޔަ އަހަރާ އަޅާބަލާއިރު 9.4 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް އެވްރެޖްކޮށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަނީ 7.7 ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް