ads
ބާބާ ސިއްދީގީ
އިންޑިއާގެ މަޝްހޫރު ސިޔާސީ ލީޑަރަކު ބަޑިން ހަމަލާދީ މަރާލައިފި
އިންޑިއާގެ ނޭޝަނަލިސްޓު ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ ކުރީގެ ލީޑަރު ބަބާ ސިއްދީގީ އަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.
Advertisement

މަހާރާޝްޓްރާ ސްޓޭޓުގެ ކުރީގެ ވަޒީރެއް ކަމަށްވާ، އުމުރުން 66 އަހަރުގެ ބާބާ ސިއްދީގީ މަރާލީ އޭނާގެ ދަރިފުޅުގެ އޮފީހުގެ ބޭރުގައި، އެތައް ފަހަރަކު ބަޑިން ހަމަލާ ދީގެން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބާބާ ސިއްދީގެ ބުރަކަށްޓާއި ބަނޑަށް އަމާޒުކޮށް ދިން މި ހަމަލާއަށްފަހު ބޮޑެތި ޒަހަމްތަކަކާ އެކު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންދެވުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ޑޮކްޓަރުން ވަނީ ސިއްދީގީ މަރުވެފައިވާކަން އިއުލާނުކޮށްފަ އެވެ.

ބަންދްރާ ވެސްޓް ދާއިރާގެ މެމްބަރުކަން ތިން ފަހަރު ކުރައްވާފައިވާ ސިއްދީގީ ކޮންގްރެސް އިން ވަކިވެވަޑައިގަތުމަށް ފަހު އެންސްޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ.

ބާބާ ސިއްދީގީ އިއްޔެ މަރާލުމާ ގުޅިގެން ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ މިކަމުން ދައްކުވައި ދެނީ މަހާރަޝްތުރާ ސްޓޭޓްގެ އަމަންއަމާންކަން ގެއްލިފައިވާ މިންވަރު ކަމަށެވެ. އަދި މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

ފުލުހުން ވަނީ ބާބާ މަރާލި މައްސަލައިގައި މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ހަރިއާނާ އަށް ނިސްބަތްވާ ގުރްމަލް ސިންގް އާއި އުއްތަރު ޕްރަދޭޝް އަށް ނިސްބަތްވާ ދަރަމްރާޖް ކޭޝަޕް އެވެ. 

އެ މީހުން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށާފައިވާ އިރި، ފުލުުހުން ބުނެފައި ވަނީ ބާބާ ސިއްދީގީ އަށް ހަމަލާ ދީފައި މި ވަނީ މީގެ އަށް ވަރަކަށް ހަފުތާ ކުރިން ފެށިގެން އެކަމުގެ ތައްޔާރީތައް ވަރަށް ވެގެން ކަމަށާއި ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ގެންދިޔައީ ބާބާ ސިއްހީގެ ހަރަކާތްތަކަށް ފާއިތުވި މުއްދަތުގެ ތެރޭގައި ވަރަށް ވަރަށް ބޮޑަށް ފާރަލަމުން ޖަމަށެވެ.

ބާބާ ސިއްދީގީ އަކީ ހަމައެކަނި ސިޔާސީ ބޭފުޅުންނާއި ގާތްކޮށް މަސައްކަތް ކުރާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ފިލްމީ ދުނިޔޭގައި ވެސް ބާރުގަދަ ބޭފުޅެކެވެ. އޭނާއަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ ތަރިންނާއި ހާއްސަ ގުޅުމެއް ބާއްވަމުން އައި ފަރާތެކެވެ. 

ބާބާ ސިއްދީގީގެ މަރާއި ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އާއިލާއަށް ތައުޒިއްޔާ ކިޔަމުން އަންނައިރު ސިއްދީގީއަށް ހަމަލާދިން ހަބަރު ލިބުމާއެކު ސަލްމާން ހާން ވަނީ އެކްޓަރު ކުރިޔަށްގެންދިޔަ "ބިގް ބޮސް"ގެ ޝޫޓިންގް މެދު ކަނޑާލުމަށްފަހު ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ.

ބާބާ ސިއްދީގީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން މިހާރު ވަނީ އިންޑިއާ ސަރުކާރުން ނިންމައިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް