އެ މިނިސްޓްރީގެ ޕީއެސްކަމުގެ މަގާމަށް ސިވިލް ސާާވިސް ކޮމިޝަނުން އައްޔަންކުރައްވާފައިވަނީ މުހައްމަދު ޔާނިއު ހާޝިމްއެވެ.
ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައި މިވަނީ އެކްޓިން ޕާމަނަންޓް ސެކްރެޓަރގެ ގޮތުގައި ހުންނެވި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް އާތިކާ އިބްރާހިމް އިސްވެ ހުންނަވައި މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާކަމުގެ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން ދަނިކޮށެވެ.
އެ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ. އެ ޕެޓިޝަންގައި އެ މުވައްޒަފުން ބުނެފައިވަނީ ރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއްނެތި އުސޫލުތަކާއި ހަމަތަކުގެ ބޭރުން ސިޔާސީ ބައެއް ވެރިން ރުއްސުމަށްޓަކައި އިންސާނީ ކަރާމާތައް ބެލުމެއްނެތި ހަމަހަމަކަމުގެ އުސޫލުން ބޭރުން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ރިއާޔަތްކުރުމަކާއި ނުލާ ގަނާކުރުމުގެ އުސޫލުން އެވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުންކަމަށް ކުރަމުން ގެންދާކަމަށެވެ.