ފުވައްމުލަކު ސިޓީ މިސްކިތްކުގައި ސޯލާ ހަރުކުރަން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
މި މަޝްރޫއުގެ ދަށުން ފުރަތަމަ ސޯލާ ހަރުކުރާ 10 މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތް ކުރިޔަށް ގެންދާގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 18 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.
މިމަސައްކަތުގެ ދަށުން އަހަރަކު 1.2 މިލިއަން ރުފިޔާ ސަލާމާތް ކުރެވޭނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.