ހޮނިހިރު ދުވަހުގެ ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މި މެޗުގައި ޕޯޗުގަލްގެ ދެވަނަ ލަނޑު ޖެހީ އުމުރުން 40 އަހަރާ ގާތްވެފައިވާ ރޮނާލްޑޯއެވެ. މިއީ، ޕްރޮފެޝަނަލް ކެރިއަރުގައި ގައުމީ ޓީމާއި ކްލަބަށް ޖުމްލަ އެކު، ޖެހި ގޯލަށް ބަލާނަމަ ރޮނާލްޑޯގެ 906 ވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފަހު ހާފުގައި ޕޮލެންޑުން ލަނޑެއް ޖެހިއިރު، އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވެސް ވަނީ ލަނޑެއް ވަދެފަ އެވެ. މެޗު ފަށައިގެން 26 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ.