ads
ފޮޓޯ: ފިނޭންސް
ތިން ޓެކްސްއެއް ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި، ގްރީން ޓެކްސް ދެ ގުނަކުރޭ
ގްރީން ޓެކްސް ނަގާ އަދަދު ދެ ގުނަ ބޮޑުކުރަން ނިންމައި އިތުރު ދެ ޓެކްސްއެއް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

މަޖިލީހުން އާންމުކުރި އެޖެންޑާގައިވާ ގޮތުން، މާދަމާގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވި ބަދަލުތަކާއެކު އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް އެ މައްސަލަ ކޮމިޓީއަށް ފޮނުވުމާމެދު ގޮތެއް ނިންމާނެ އެވެ.

ރާއްޖެއިން އިންޑިއާއަށް ސަފީރަކު ކަނޑައެޅުމުގެ މައްސަލައަކާއި އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލައެއް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމާ ގުޅޭ މައްސަލަތައް ކޮމިޓީއަށް ފޮނުވުމާމެދު ގޮތެއް ނިންމުން ވެސް މާދަން އޮންނާނެ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމަށެވެ.

މިހާރު 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަނީ ބޮލަކަށް ހަ ޑޮލަރެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަނީ ތިން ޑޮލަރެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މި ބިލުގެ އިތުރުން ޓީޖީއެސްޓީ އާއި އެއާޕޯޓް ޗާޖު ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. 

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އެކަމަކު އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. 

ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ފިސްކަލް ރީފޯމް އެޖެންޑާގެ ދަށުންނެވެ. އެގޮތުން މި ބަދަލާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެއް އާމްދަނީއަށް އަންނާނެކަމަށް މާލީ ފިނޭންސުން ލަފާ ކުރެ އެވެ.  

ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް