އަންހެން ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބުރާސްފަތި ދުވަހުން ފެށިގެން މި މިމަހުގެ 30 ގެ ނިޔަލަށް ނޭޕާލްގެ ކަތަމަންޑޫގައެވެ. ރާއްޖެ މިފަހަރު ލައްވާލީ ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނާ އެއް ގުރޫޕެއްގަ އެވެ. އަނެއް ގުރޫޕްގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
މުބާރާތުގައި އަންނަ ހުކުރު ދުވަހު ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. އަންނަ ހޯމަ ދުވަހު ނެޕާލާ ދެކޮޅަށް ރާއްޖޭން ނުކުންނާނެ އެވެ. ބޫޓާނާ ދެކޮޅަށް ކުޅޭނީ މި މަހު 24 ގަ އެވެ.