ads
ލަންކާގައި ހުންނަ ދިވެހި އެންބަސީ
ލަންކާ ނޫހަކުން މިއަދު ރިޕޯޓްކުރީ އަސާސެއް ނެތް ވާހަކަ ތަކެއް: މަސްއޫދު
އަވައްޓެރި ސްރީލަންކާގެ ނޫހަކުން މިއަދު ރާއްޖެއާއި ގުޅުވާ، ރިޕޯޓްކުރި އާޓިކަލްގައި ހުރީ "އަސާސެއް ނެތް ވާހަކަތަކެއް" ކަމަށް ރާއްޖެ އިން ސްރީ ލަންކާ އަށް އައްޔަނު ކުރައްވާފަ ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.
Advertisement

ލަންކާގެ ނޫހެއްގައި މިއަދު ރިޕޯޓް ކުރި ހަބަރެއްގައި ބުނެފައިވަނީ ސްރީލަންކާ އާއި ދިވެހިރާއްޖެ އާ ދެމެދު ވަރަށް ފަހުން ސޮއިކުރެވުނު އިމިގްރޭޝަން އެއްބަސްވުމާ ގުޅިގެން، ލަންކާ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. 

އަދި ބުނީ މި އެއްބަސްވުމުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް "ފަސޭހަ" ލިބޭއިރު ރާއްޖޭގައި އުޅޭ ލަންކާ މީހުނަށް އޮތީ "ދަތި" ކަމަށެވެ.

މީގެ އިތުރުން ކުށްވެރިން ބަދަލުކުރުމާއި ވިސާގެ ކަންކަމުގައި ރާއްޖެއިން ލަންކާ ރައްޔިތުންނަށް "ފިއްތާ ފިއްތުން" މާ ބޮޑު ކަމަށެވެ 

މި އާޓިކަލްއާއި ގުޅޭ ގޮތުން ރާއްޖެއިން ލަންކާއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އަށް "ސީއެންއެމް" އިން މިއަދު ސުވާލުކުރުމުން ވިދާޅުވީ މުޅި އާޓިކަލް ބިނާވަނީ އެއްވެސް ހަގީގަތެއް ނެތް "ބޭސްލެސް" ވާހަކަ ތަކެއްގެ މައްޗަށް ކަމަށެވެ. އަދި އެ ވިދާޅުވާފަދަ އެއްވެސް އެއްބަސްވުމެއްގައި މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެ-ލަންކާގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ދެ ގައުމުގެ ރައްޔިތުންނަށް އެއްވެސް ދައްޗެއް ހުރިނަމަ އެކަން ހައްލުކުރުމަށް އަބަދުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"ތިޔަ ވިދާޅުވާ ލިޔުމުގައި ހުރީ ބޭސްލެސް ވާހަކަ ތަކެއް" ލަންކާގެ ނޫހެއް ކަމަށްވާ ލަންކާއީ ނިއުސްގައި މިއަދު ލިޔުނު އާޓިކަލްއާއި ގުޅޭ ގޮތުން މަސްއޫދު ވިދާޅުވި އެވެ.

ލަންކާއަކީ ގިނަ އަދަދަށް ދިވެހިން ދިރިއުޅެމުން އަންނަ އަދި ގިނަ ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމެކެވެ. އޭގެ އިތުރުން ރާއްޖޭގައި ލަންކާގެ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ ވެސް އަދާކުރެ އެވެ.

ޖިނާއީ މައްސަލަތަކުގައި މަސައްކަތް ކުރަން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ރުހުން ދިނެވެ. އެ އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަދި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި އެހީތެރިކަން ލިބޭނެ އެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް