އެމްއެލްއެސް ކަޕް ޕްލޭއޮފް ފެށުމަށް އަދި 16 މެޗު ބާކީ އޮތްއިރު، މި ޖުމްލަ ވަނީ 2023 ވަނަ އަހަރު ކުރިން ހެދި 10،900،804 މެޗުގެ ރެކޯޑް ފަހަނައަޅައި ގޮސްފައެވެ. ރެގިއުލާ ސީޒަނުގައި ކުޅިބަލަން ވަތް މީހުންގެ އަދަދު ޖުމްލަ 10 މިލިއަނަށް ވުރެ ގިނަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގައި ފުޓްބޯޅަ ބަލާ މީހުންގެ އަދަދު ރެކޯޑް އަދަދަށް މައްޗަށް އެރީ އާޖެންޓީނާގެ ތަރި މެސީ އެ ލީގަށް ބަދަލުވުމުންނެވެ. މޭޖާ ލީގު ސޮކާ މެޗެއްގެ އެވްރެޖް ބެލުންތެރިން މިހާރު އުޅެނީ 23،240 ގައެވެ.
މި ސީޒަނުގައި އެންމެ ގިނައިން ކުޅިބަލަން މީހުން ވަދެފައިވަނީ މެސީ ކުޅޭ އިންޓަމިޔާމީގެ މެޗުތަކަށެވެ. އިންޓަމިޔާމީގެ ބައެއް މެޗުތަކަށް ވަތް މީހުންގެ އަދަދު މި ފަހުން 70،000 އަށްވުރެ މައްޗަށް އަރާފައިވެއެވެ.