
އުރީދޫން ބުނީ 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މިއީ މިހާތަނަށް މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ރާއްޖޭގައި ތަމްރީނު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ.
އަދި ކޮންމެ އަހަރަކު، އޫރީދޫގެ އުއްމީދީ ދެ ލީޑަރަކު މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ އައު އީޖާދުތަކާއި ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރާކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދާ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެމެހެއްޓެނިވި ކާމިޔާބީ އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫ ތަރައްގީ ކުރަނީ މުވައްޒަފުން ކުރިއަރުވައިގެން ކަމަށެވެ.
ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތަކުގެ އިސް ފަރާތެއްގެ ގޮތުން، އޫރީދޫ އިން ދަނީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތް ދެމެހެއްޓުމަށް މަސައްކަތްކުރަމުންނެވެ.
އަދި ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ފޯރުކޮށްދިނުމުގައި އިސްނަގައިގެން މަސައްކަތްކުރާ ފަރާތަކަށްވުމުން އެކަމާއި ފަހުރުވެރި ވާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.