ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ދުވަހުން ފެށިގެން މަނާކުރަން ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ވޭޕް ރާއްޖޭގައި ބޭނުންކުރުން ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަންވެސް ރައީސް ވަނީ ނިންމަވާފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނިންމާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންށެެވެ. މި ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އޭޖީ އޮފީހުން ވަނީ ޑްރާފްޓްކޮށްފައެވެ.
ބިލުގައި ހިމަނާފައިވާ ކަންކަން
ވޭފް އެތެރެކުރުމާއި ބޭނުންކުރުން ރާއްޖޭގައި މަނާކުރަން ރައީސް ނިންމެވުމުން އެކަމަށް ބޭނުންވާ އިސްލާހުތައް މި ހަފްތާގައި މަޖިލީހަށް ހުށައަޅާނެކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ރޭ ވިދާޅުވިއެވެ.