ads
ޑޯނިއާ މަތިންދާ ބޯޓު ދުއްވުމުގެ ހުއްދަ ލިބުނު ޕައިލެޓަކަށް ބެޖް ހަވާލްކުރުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ: އެމްއެންޑީއެފް
ޑޯނިއާ ދުއްވޭނެ ދިވެހި ޕައިލެޓަކު މިވަގުތު ނެތް: ޑިފެންސް
ޑޯނިއާ މަތިންދާބޯޓު ދުއްވޭނެ ޕައިލެޓަކު މިވަގުތު އެމްއެންޑީއެފްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިިއެވެ.
Advertisement

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާތައް ދުއްވަން މީގެ ކުރިން ތަމްރީނުކުރި ދިވެހި ޕައިލެޓުންނަށް އެ ތަކެތި ދުއްވަން ނުދޭ ސަބަބުގެ މައުލޫމާތު ހޯދުމަށް ނޫސްވެރިޔަކު އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެމައުލޫމާތު ނުދިނުމުން މައުލޫމާތު ދޭން އައިކޮމް އިން އެ މިނިސްޓްރީއަށް އެންގިއެވެ.

ނަމަވެސް އެ މައުލޫމާތު ނުދޭން ނިންމާ ޑިފެންސް މިނިސްޓްރީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް ފަހުން ރައީސް ޑރ. މުއިއްޒު އަންގަވައިގެން އެ މަައުލޫމާތު ދޭން ނިންމާ ހައިކޯޓަށް ހުށައެޅި މައްސަލަ މިނިސްޓްރީން ނެގިއެވެ.

ނޫސްވެރިޔާ އެދުނު މައުލޫމާތު ހަމަކޮށް ޑިފެންސް މިނިސްޓްރީން ބުނީ  ޑޯނިޔާ ދުއްވުމަށް ދިވެހި ސިފައިންގެ 4 މީހަކު ތަމްރީނު ހެދި ކަމަށެވެ. 

އޭގެ ތެރެއިން ދެ ޕައިލެޓަކު އެމްއެންޑީއެފުން ވަކިވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން  އެއް ޕައިލެޓަކު އޮގަސްޓު 2022ގައި  އެމްއެންޑީއެފް އިން ވަކިވިއިރު އަނެއް  އޮފިސަރު ވަކިވީ އޮގަސްޓު 2023ގައިކަމަށެވެ. 

އަނެއް  ދެ އޮފިސަރުން އެމްއެންޑީއެފްގެ ވަޒީފާގައި ތިބި ނަމަވެސް އެ ދެ އޮފިސަރުންގެ ރޭޓިން ވަނީ ހަމަވެފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން އެތަނުން އެއް އޮފިސަރުގެ ރޭޓިން މުއްދަތު މާޗު 2018ގައި ހަމަވިއިރު އަނެއް އޮފިސަރުގެ ރޭޓިން މުއްދަތު ހަމަވީ މާޗު 2022ގައިކަމަށެވެ. 

އެމްއެންޑީއެފްގެ އެއްވެސް އޮފިސަރަކު އިންޑިއާގައި ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ތަމްރީނު ހަދަމުން ނުދާ ކަމަށާއި އެހެންނަމަވެސް އެހެން ބައެއް ގައުމުތަކުގައި ބައެއް އޮފިސަރުން ޕައިލެޓު ޓްރެއިނިން ހަދަމުންދާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް