.އޮޑިޓް އޮފީހުން އަންނަ އަހަރަށް ހުށައެޅީ 99.5 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 80.4 މިލިޔަން ރުފިޔާއެވެ. ދެން ބަޖެޓްގައި ހިމަނާފައިވަނީ ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތަށް ބޭނުންވާ ފައިސާއެވެ. އެކަމަށް 19 މިލިޔަން ރުފިޔާ އޮތީ ބަޖެޓްގައި އޮތީ ހިމަނާފައެވެ.
ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަިޅ 80.4 މިލިޔަން ރުފިޔާގެ ތެރޭގައި މަުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ. އޮޑިޓް އޮފީހުން ބަޖެޓް އެކުލަވާލުމުން މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާ ބަޖެޓުން އުނިކުރަން ފިނޭންސް މިނިސްޓްރީން އޮތީ ލަފާ ދީފައެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން މިއަދު ނިންމީ ބަޖެޓުން އެބައި އުނިނުކުރުމަށެވެ.
އޮޑިޓް އޮފީހުން ހުޅުމާލޭގައި އަޅާ އައު އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓްގައި ހިމެނިނަމަވެސް އެ އަދަދު 34 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސުން ލަފާ ދީފައިވާތީ އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ އެ ބައިވެސް ހިމަނައިގެންނެވެ. އެހެންކަމުން އެ ބަދަލާއި އެކު ކޮމެޓީން ވަނީ އަންނަ އަހަރަށް އޮޑިޓް އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފައެވެ.
ޤާނޫނުގައިވާ ގޮތުން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ހުށައަޅާ ފާސްކުރަންޖެހެއެވެ.