ads
ބާބާ ސިއްދީގާއެކު ޝާހުރުކް ހާން
ސިއްދީގުގެ ޖަނާޒާގައި ޝާހުރުކް ހާން ބައިވެރި ނުވީ ކީއްވެ؟
ސިޔާސީ ލީޑަރު ބާބާ ސިއްދީގު މަރާއި ގުޅިގެން އިންޑިއާގެ ބޮލީވުޑުގެ މުޅި ފިލްމު އިންޑަސްޓްރީ ސިހިގެން ގޮސްފައިވާ ވަގުތެއްގައި، ލޯރެންސް ބިޝްނޯއީގެ ގޭންގުން ވަނީ މި މަރުގެ ޒިންމާ ނަގައިފައެވެ.
Advertisement

ބާބާ ސިއްދީގު މަރާލެވުނީ އޭނާގެ ދަރިފުޅު ޒީޝާން ސިއްދީޤުގެ އޮފީހުގެ ބޭރުގައެވެ. މުންބާއީގައި ހިނގި މި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ބޮލީވުޑް އަދި ޓީވީ އިންޑަސްޓްރީގެ ތަރިން އެންމެ ފަހުގެ އިހްތިރާމު އަދާކުރުމަށް އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ. ނަމަވެސް، ޝާރުކް ހާން މި ޖަނާޒާގައި ބައިވެރިނުވި ކަން ފާހަގަކުރެވުނެވެ.

ސަންޖޭ ދަތް، ސުހައިލް ޚާން، އަރްޕިތާ ޚާން ޝަރްމާ އަދި އެހެން ގިނަ މަޝްހޫރު ބޭފުޅުން ބާބާ ސިއްދީޤުގެ ގެއަށް ޒިޔާރަތްކޮށް ހަމްދަރުދީ ފާޅުކުރިއެވެ. ސަލްމާން ހާން ވެސް ބިގް ބޮސް 18 ގެ ޝޫޓިން ކެންސަލްކޮށް އޭނާގެ ރަޙްމަތްތެރިޔާއަށް އެންމެ ފަހުގެ ވަދާއު ކިޔުމަށް ދިޔައެވެ. އެހެންނަމަވެސް، ޝާހުރުކް ހާން ޖަނާޒާއިން ނުފެނުނެވެ. 

ޓައިމްސް ނައުގެ ގައި ބުނެފައިވާގޮތުން ޝާރުކް ހާން ޖަނާޒާގައި ބައިވެރިނުވީ މި ސިޔާސީ ލީޑަރުގެ މަރުގެ މައްސައިގެތެރެއަށް ވަންނަން ބޭނުންނުވާތީއެވެ.  

"ޝާރުކް ހާން ބޭނުމެއް ނުވޭ މި ސިޔާސީ ލީޑަރުގެ މަރުގެ މައްސަލައާ ގުޅޭކަށް. މި މައްސަލަ ސަލްމާން ހާނާވެސް ގުޅިފައިވާތީ، ކިންގް ހާން (ޝާހު) މިކަމުން ދުރުހެލިވާން ބޭނުންވަނީ. ލޯރެންސް ބިޝްނޯއީގެ ސާކިޓް މަސައްކަތްކުރާ ގޮތް އެނގޭތީ، ޝާރުކް ޖާން އިތުރު ގެއްލުމެއް ލިބުމަށް ބޭނުމެއް ނުވޭ،" މިއީ އޭނާ ޖަނާޒާއަށް ހާޒިރުނުވެ މަރުގެ މައްސަލައިން ދުރުހެލިވާން ނިންމި ސަބަބުކަމަށް އޭނާގެ ގާތް މީހަކު ބުނެފައިވެއެވެ.

ބާބާ ސިއްދީޤުގެ މަރުގެ މައްސަލައިގެ ތަހްގީގު މިހާރު ކުރިއަށްދަނީއެވެ. ރިޕޯޓުތަކުގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކުރެވިފައިވެއެވެ. ގިނަ ރިޕޯޓުތަކުން ދައްކާ ގޮތުގައި ބާބާ ސިއްދީގުގެ އިތުރުން އޭނާގެ ދަރިފުޅު ޒީޝާން ވެސް ވަނީ ހިޓް ލިސްޓުގައެވެ. ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ކޮމީޑިއަން މުނައްވަރު ފަރޫގީ ވެސް ބިޝްނޯއީ ގޭންގުގެ ހިޓް ލިސްޓުގައި ހިމެނެއެވެ.

ސަލްމާން ހާނަކީ ބިޝްނޯއީ ކޮމިއުނިޓީގެ ޓާގެޓެއް ކަމަށް ބެލެވެނީ ބްލެކްބަކް ފުއްލާއެއް ޝިކާރަކުރި މައްސަލައާ ގުޅިގެންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ބިޝްނޯއީ ކޮމިއުނިޓީން ބްލެކްބަކް ދެކެނީ މުގައްދަސް ޖަނަވާރެއްގެ ގޮތުގައެވެ. ސަލްމާން ހާން މި ޝިކާރައިގައި ބައިވެރިވުމާ ގުޅިގެން އޭނާ ވަނީ މި ގޭންގުގެ ޓާގެޓަކަށް ވެފައެވެ. މީގެ މަދު މަސްތަކެއް ކުރިން، ބާންދްރާގައި ހުރި ސަލްމާން ހާންގެ ގެ ކައިރީގައި ވަޒަން ބަޑިޖެހުމުގެ ހާދިސާއެއް ހިނގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް