ads
ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ އދ.ގެ އިދާރާ، އަންރުވާގެ މައި އޮފީސް
އަންރުވާގެ މައި އޮފީސް އދ އަތުން ފޭރިގަތް މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ގާއިމްކޮށްފައިވާ އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ)ގެ އޮފީސް އަތުލުމަށް އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
Advertisement

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ބިންތަކަށް ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ހިލާފަށް ޔަހޫދީން ވެރިވެގަނެ، ވަޒަންވެރިކަން ފަތުރަން މަސައްކަތްކުރުންދާ އަމަލު ކުށްވެރިކޮށްފަ އެވެ.

މިނިސްޓްރީން ބުނެފައިވަނީ ފަލަސްތީނުގައި ހަރަކާތްތެރިވާ އދ.ގެ އެއިޑް މަސައްކަތްތެރިންނާއި އދ ގެ ގުދަންތަކަށް ޔަހުދީން ހަމަލާދެމުންދާއިރު އެ ދައުލަތާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭކަމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއަނިޔާވެރި އަމަލުތަކަކީ އިންސާނީ އެހީ ހުއްޓުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ސުލްހައިގެ މަގު ބަނދުކުރުމަށް ކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

އަދި ސަރަހައްދުގައި ސުލްހަ ގާއިމް ކުރެވޭނެ ހަމައެކަނި ގޮތަކީ، 1967 ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުން ކަމަށް ދިވެހި ސަރުކާރުން ތަކުރާރުކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ކަމަށާއި، ދުނިޔޭގެ ގައުމުތަކުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އަދި ޔަހޫދީ ދައުލަތުގެ އަމަލުތަށް ހުއްޓުވައި އެކަމަށް ޖަވާބުދާރި ކުރުވުމަށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ގޮވާލައްވާފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލާ ގޮވާލުން ވެސް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް ގެނައި އިދާރާއެކެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް