ads
އުރީދޫގެ އިސްވެރިންނާއި ބައެއް މިނިސްޓަރުން: އުރީދޫއިން ވަނީ އެއާ އެމްބިއުލަންސް ހިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާކޮށްފައި -- ފޮޓޯ/ އުރީދޫ
އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ބައެއް ތަކެތި އޫރީދޫން ހަދިޔާކޮށްފި
އެއާ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ހާއްސަ ބައެއް ސާމާނު އޫރީދޫ މޯލްޑިވްސް އިން ހަދިޔާކޮށްފި އެވެ.
Advertisement

އޫރީދޫއިން ވަނީ މާޗްމަހު ރާއްޖޭގައި އެންމެ ފުރަތަމަ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރިއިރު ވެސް އެހިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.

އުރީދޫއިން ބުނީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ދިނުމުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ.

މި ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލްހަމާދީ ވިދާޅުވީ އެއާ އެމްބިއުލާންސް އިކުއިޕްމަންޓު ހަދިޔާ ކުރުމަކީ އުރީދޫއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަހުރުވެރިވާ މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޖުތަމައުގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ އުރީދޫގެ އަމާޒެކެވެ. ސިއްހީ ހިދުމަތަކީ ޒަރޫރީ ބޭނުމެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އުރީދޫގެ އަމާޒަކީ އެ ހިދުމަތް ހޯދުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލު ކުރުން ކަމަށެވެ.

ޑިޖިޓަލް ދާއިރާގެ ތަސައްވުރެއް އުރީދޫގައި އޮތް ނަމަވެސް، ދިވެހިންގެ ދުޅަހެޔޮކަމަށް އެ ކުންފުނިން އިސްކަންދޭ ކަމަށާއި، ސިއްހީ ހިދުމަތަކީ އެ ކުންފުނިން އެންމެ އިސްކަމެއްދޭ އެއްކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

your imageއުރީދޫގެ ފަރާތުން އެއާ އެމްބިއުލާންސްގެ 3D މޮޑަލްއެއް މިނިސްޓަރު ނާޒިމް އަށް ހަދިޔާކުރައްވަނީ - ފޮޓޯ: އުރީދޫ

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޫރީދޫއިން ބައެއް ސަމާނުތައް ހަދިޔާކުރުމާއެކު މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ. މި ތަކެއްޗާއެކު އާންމުންނަށް އެކަށީގެންވާ ފަރުވާ ލިބިދެވޭނެކަން ކަށަވަރުވެގެންދާނެކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ސީއީއޯ ވެސް ބައިވެރިވެ ވަޑައިގަތެވެ.

އޫރީދޫ މޯލްޑިވްސްއިން އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިހާތަނަށް 16 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި އެއާ އެމްބިއުލާންސްގެ 3D މޮޑަލްއެއް އޫރީދޫއިން ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް ހަދިޔާ ކުރައްވާފަ އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ. މޯލްޑީވިއަން އިން ސީ ޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ އުފުލީ 19 މާޗް 2024 ގައި އެވެ.

ސަލާމަތީގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށާއި އެ ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓްކުރުމުގެ ގާބިލްކަން ލިބުމުގެ އިތުރަށް ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހަރުކޮށްފައިވާ ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް