ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިންއެވެ.
މި ބިލުގައި ގްރީން ޓެކްސް 100 ޕަސަންޓަށް ބޮޑުކުރުމަށްވެސް ހުށަހަޅާފައިވެއެވެ. މިހާރު ހަ ޑޮލަރު ދައްކަންޖެހޭ ފަރާތްތަކުން 12 ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ތިން ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ހަ ޑޮލަރު ދައްކަން ޖެހޭނެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މި ބަދަލު ގެނައުމުން 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލާ މެދު މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށް ކުރިއަށްދާ ބަހުސްގައި ގިނަ މެންބަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.