ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކައިރި ކައިރީގައި އެއާޕޯޓް އެޅުން ގޯސް: ނަޝީދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި، އެކަމުން ދައްކުވައިދެނީ ޒިންމާދާރުކަން ކުޑަކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުން އެއާޕޯޓްތަކުގެ މަޝްރޫއުތައް ގިނަކުރުމާ ދެކޮޅަށް ނަޝީދު އަނެއްކާ ވެސް ސޯޝަލް މީޑިއާގައި ލިއުއްވީ، ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ތިން އެއާޕޯޓެއްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނިކޮށެވެ. 

ރާއްޖޭގެ އުތުރުގައި މިހާރު ވެސް ހަތަރު އެއާޕޯޓް އޮއްވައި، އިތުރު ހަތަރު އެއާޕޯޓް އަޅަނީ 19 މިނެޓާއި 36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އުތުރުގައި އިތުރު ހަތަރު އެއާޕޯޓް އޮއްވާ، އިތުރު ހަތަރު އެއާޕޯޓް މި އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި. ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސާދީ/މާލީ ދެކޮޅު ޖެހުމެއް ނެތުން،" މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ. އެކަމަކު މި ހަފްތާގައި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަތޮޅު ބިލެތްފައްސާއި ކޮމަންޑޫ އަދި މިލަންދޫގައި ތަރައްގީކުރާ އެއާޕޯޓުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިފަ އެވެ.

ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށް ކައިރީގައި އޮންނަ ރ. އަލިފުށީގައި ވެސް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި، އެކަމުން ދައްކުވައިދެނީ ޒިންމާދާރުކަން ކުޑަކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.

ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.

އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.

ގައުމީ ތަސައްވުރު

މައްސަލަ: 

ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.

އެދޭ ރާއްޖޭގެ ހުށަހެޅުން:

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. މިގޮތަށް އެކުލަވާލާ ޕްލޭންއަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން.

ނަތީޖާ: 

މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް