ads
ވިހިވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބިލު ބަލައިގަނެ ކޮމެޓީއަށް
ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށައެޅި ބިލްތައް މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލްތައް މަޖިލީހަށް ހުށައެޅީ މިދިޔަ ހޯމަދުވަހުއެވެ.

ގްރީން ޓެކްސަށް ގެންނަ ބަދަލު 

މިހާރު 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަނީ ބޮލަކަށް ހަ ޑޮލަރެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަނީ ތިން ޑޮލަރެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެއާޕޯޓް ނަގާ ޓެކްސްއާއި ފީތަކަށް ގެންނަ ބަދަލު

މި ބިލްގައިވާ ގޮތުން އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ އެއާޕޯޓް ޑިވޮލޮލްމެންޓް ޗާޖާއި ޑިޕާޗާ ޓެކްސަށް ގެންނަ ބަދަލުތަކަށް މިއަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ނިންމާފައެވެ. މި ޓެކްސްތަކަށް ބަދަލު އައިނަމަވެސް އާއްމު ދިވެހިން އަތުން ނަގާ ޓެކްސްއަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައެއް ނުވެއެވެ.

މި ބިލުގެ އިތުރުން ޓީޖީއެސްޓީ އާއި އެއާޕޯޓް ޗާޖު ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް