ads
ވީއައިއޭގެ އާ ރަންވޭ
އެއާޕޯޓް ނަގާ ޓެކްސްއާއި ފީ ބޮޑުކުރަނީ، އާއްމު ދިވެހިންނަށް ބޮޑެއް ނުވާނެ
ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން ނަގާ ފީތަކާއި ޓެކްސްތައް ބޮޑުކުރަން އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު ސަރުކާރުން އިސްލާހު ހުށައަޅައިފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަނީ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުالله ޝިހާބްއެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދި ފެށޭ ތައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. 

މި ބިލްގައިވާ ގޮތުން އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ އެއާޕޯޓް ޑިވޮލޮލްމެންޓް ޗާޖާއި ޑިޕާޗާ ޓެކްސަށް ގެންނަ ބަދަލުތަކަށް މިއަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ނިންމާފައެވެ. މި ޓެކްސްތަކަށް ބަދަލު އައިނަމަވެސް އާއްމު ދިވެހިން އަތުން ނަގާ ޓެކްސްއަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައެއް ނުވެއެވެ. 

ޑިޕާޗާ ޓެކްސް

ޑިޕާޗާ ޓެކްސްއަށް ގެންނަ ބަދަލުގައި ހިމަނާފައިވަނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން މިހާރު ނަގަމުން އަންނަ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުމަށެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަމުން އަންނަ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރަންވެސް ވަނީ ނިންމާފައެވެ. 

ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރާއިރު ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރަންވެސް ގާނޫނަށް ހުށައެޅި އިސްލާހުގައިވެއެވެ.  ޑިޕާޗާ ޓެކްސްއަށް މި ބަދަލުތައް ގެނައި ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ މިހާރު ނަގަމުން އަންނަ 12 ޑޮލަރުގައި އެގޮތުގައި ބޭއްވުމަށް ވަނީ ހިމަނާފައެވެ. 

އެއާޕޯޓް ޑިވޮލޮޕްމެންޓް ފީ 

އެއާޕޯޓް ޑިވޮލޮޕްމެންޓް ފީއަށް ގެންނަ ބަދަލުގައި ހިމަނާފައިވަނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބަދަލުކުރުމަށެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރަން ވަނީ ހިމަނާފައެވެ. ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރާއިރު ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބަދަލުކުރަންވެސް ވަނީ ހިމަނާފައެވެ. އެހެންނަމަވެސް އެއާޕޯޓް ޑިވޮލޮޕްމެންޓް ޓެކްސަށް ގެނަ ބަދަލުގައިވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ 12 ޑޮލަރަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. 

ޗުއްޓީއަށް ފަހު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނައެވެ. ޖަލްސާތައް ފަށާއިރު ޓީޖީއެސްޓީއާއި ގްރީން ޓެކްސްވެސް ބޮޑުކުރަން ސަރުކާރުން ވަނީ މަޖިލިހަށް ހުށައަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް