ads
ބައްސާމް
ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ހުޅުމާލޭ އަމީން އެވެނިއުއިން ގަތް ދެ ފްލެޓް ފުލުހުންނާ ހަވާލު ކުރަން އެންގުމުން ބައްސާމް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

އަމީން އެވެނިއު އިން ބައްސާމް ގަތް އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލު ކުރީ އެންމެ ފުރަތަމަ އެ ތަންތަން ހަވާލު ކުރަން ދިން މުއްދަތު އިތުރު ކުރުމަށް އެދުމަށް ފަހު، އެ އެދުނު އެދުމުގެ މަތިން ފުލުހުންނާ އެތަން ހަވާލު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ފަހު، ފަހުން އަނެއްކާ ފުލުހުން އެތަން ހަވާލު ކުރަން އެންގުމުންނެވެ. ބައްސާމްއަށް ދެވަނަ ފަހަރަށް ދިން މުއްދަތުގައި ފުލުހުންނާ އެތަން ހަވާލުކޮށްފައިވާކަން ފުލުހުންވަނީ މީގެ ކުރިން ކަށަވަރުކޮށްދީފަ އެވެ. 

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އެ ތަން ފުލުހުންނާ ހަވާލު ކުރުމަށް ފަހު ބައްސާމްވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ބައްސާމް އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މި މަހުގެ އަށްވަނަ ދުވަހު އެވެ. 

އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ. 

ބައްސާމުގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓަކަށް ފައިސާ ދައްކާފައިވަނީ އެފްއޭއެމްގެ ފައިސާއިންކަން ތަހުގީގުން ދެނެގަނެވިފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ އެޕާޓުމެންޓުތަކަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާއިން ޖުމްލަ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބައްސާމު ބޭނުންކުރިކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެ ފުލެޓުތައް ބައްސާމް ގަނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އެވެ. އަމީން އެވެނިއު އިން ބައްސާމް ދެ ފުލެޓް ބައްލަވައިގަތީ އެފްއޭއެމްގެ 3،084،000ރ. ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް