ads
މެސީ
މެސީ ކުޅުން ހުއްޓާލަން އުޅޭ ކަހަލަ ވާހަކައެއް
ފުޓްބޯޅަ ކުޅުން ހުއްޓާލަން ތައްޔާރުވަމުން އަންނަ ކަހަލަ އިޝާރާތެއް، އަށް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީ ދީފިއެވެ.
Advertisement

މެސީވަނީ ބޮލީވިއާއާ ދެކޮޅަށް މިއަދު ހެޓްރިކެއް ހަދާފައެވެ. މި ހެޓްރިކާއެކު އޭނާގެ ބައިނަލްއަހްވާމީ ހެޓްރިކްގެ އަދަދުވަނީ، އޭނާގެ ޒަމާންވީ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރުވެފައެވެ. 

މި ހެޓްރިކް ހެދި މެޗަށް ފަހު މެސީވަނީ އޭނާ ކުޅުން ހުއްޓާލަން ތައްޔާރުވަމުން އަންނަ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައެވެ. 

މެޗަށް ފަހު މެސީ ވާހަކަ ދައްކަމުން ބުނީ، މިއީ އޭނާގެ އެންމެ ފަހު މެޗުތަކުން މެޗަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން ވަކި ދުވަހަކު ކުޅުން ހުއްޓާލަނީއެކޭ މެސީ ނުބުނެއެވެ. އަދި ކުރިއަށް އޮތް ވޯލްޑްކަޕުގައި އާޖެންޓީނާއަށް ކުޅޭނެތޯ ނުވަތަ ނޫންތޯވެސް މެސީ ޔަގީންކަމާއެކު ނުބުނެއެވެ. 

އޭނާބުނީ ސަޕޯޓަރުން އޭނާގެ ނަމުން ގޮވައި ސަޕޯޓް ކުރާ އަޑު އިވޭއިވުމަކީ ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށެވެ. ބޮލީވިއާ ކޮޅަށް މެސީ މިއަދު ހެދި ހެޓްރިކަކީ އާޖެންޓީނާއަށް އޭނާ ހެދި 10 ވަނަ ހެޓްރިކެވެ. އޭނާވަނީ އާޖެންޓީނާއަށް ޖުމްލަ 112 ލަނޑު ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް