އެ ޕާޓީން މި ގޮތަށް ނިންމީ މިއަދު ބޭއްވި ކުއްލި ސެނެޓް ބައްދަލުވުގައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލު އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އައްޔަންކޮށްފައެވެ.
ޕީޕީއެމްގެ ހިންގާ ގަވާއިދުގައި ބުނާގޮތުން އެޕާޓީ އުވާލެވޭނީ ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށްފަހު ފެންނަކަމަށް ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ އެވެ.
މިއަދު ގެނަަން ނިންމި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ޕާޓީ އުވާލަން ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން އޮތް މާއްދާ ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ ތިންބައިކުޅަ ދެބަައިގެ އަގުލަބިއްޔަތުން ބަދަލުކުރުން ހިމެނެއެވެ. އަދި ލީޑާޝިޕަށް ފެނިއްޖެ ނަމަ ޕާޓީ އުވާލަން ހުށައެޅިދާނެކަަމަށް ބަދަލުކުރަންވެސް ވަނީ ނިންމާފައެވެ. ކުރިން އަސާސީ ގަވައިދުގައި އޮންނަނީ ޕާޓީ އުވާލަން ހުށައެޅޭނީ ޕާޓީ ހިންގުމަށް ދަތިވާ ވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވުމުންކަމަށެވެ.
ޕީޕީއެމް އަކީ ކުރިން ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމާއި އެ މަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެވެ. ޕީޕީއެމް ރަޖިސްޓްރީ ކުރީ 27 އޮކްޓޯބަރު 2011ގަ އެވެ. އެހެން ނަމަވެސް ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫނާ ދެ ބޭފުޅުންގެ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި މައުމޫން ވަނީ އެޕާޓީން ވަކިކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް އެޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ޔާމީންނެވެ.