އެއާ ހިލާފަށް ޑޮންކީ (ހިމާރު) އަކީ ގިނަ ބަޔަކަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. ނަމަވެސް ދައްކަން މިއުޅެނީ ޒިބްރާ އެއް ނޫނީ ޑޮންކީއެއްގެ ވާހަކައެއް ނޫނެވެ. ޒިބްރާ އަކާ ޑޮންކީއަކަށް ލިބުނު ޒޮންކީ އެއްގެ ވާހަކަ އެވެ.
މިއީ ކެންޔާގެ ޓްސަވޯ އީސްޓު ނޭޝަނަލް ޕާކުގައި ދިރިއުޅެމުން އައި ޒިބްރާ އަކަށް ލިބުނު ޒޮންކީއެކެވެ. ބޭރުގެ ހަބަރުތަކުން ބުނާގޮތުގައި އެ ޕާކުގައި އުޅުނީ ހަމައެކަނި އެ ޒިބްރާ އެވެ.
އެގޮތުން އެ ޒިބްރާ ބަނޑުބޮޑުވުމުން އެއީ ކިހިނެތްވި ކަމެއްތޯ ބެލުމުން ޒިބްރާ މިދިޔަ އަހަރު ޑޮންކީ އަކާއެކު ގުޅުން ހިންގި ކަމަށްވެ އެވެ.
ޒޮންކީގެ ހަށިގަނޑުގެ އެއްބައި ހުރީ ޑޮންކީ އެއް ހެންނެވެ. އަދި އަނެއް ބައިގައި ޒިބްރާގެ އެ ރޮނގުތައް ހުރެ އެވެ.