ads
ހުޅުމާލެއަށް ބައިކް ޝެއަރިން ސްކީމެއް ތައާރަފުކުރަން ސަރުކާރުން ވަނީ ނިންމައިފައި
ވިހަ ގޭސްތައް މަދުކުރަން، ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ތައާރަފް ކުރަނީ
ހުޅުމާލޭގައި "ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް"ގެ ނަމުގައި ބައިކް ޝެއަރިން ސްކީމެއް ފަށަން ތައްޔާރުވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
Advertisement

ބައިކް ޝެއަރިން ސްކީމަކީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބުކަމާ އެކު ހިންގާ ސްކީމެކެވެ. އެގޮތުން ދުބާއީ ކަހަލަ ސިޓީތަކުގައި މި ސްކީމް ހިންގަ އެވެ. އެއީ ވަކި ވަގުތަކަށް، ކަނޑައެޅިފައިވާ ވަކި އަގަކަށް ބައިސިކަލް ކުއްޔަށް ދޫކުރާ ސްކީމެކެވެ. ސިޓީގެ އެކި ތަންތަނުގައި ހުންނަނީ މި ބައިސިކަލްތައް ކުއްޔަށް ދޫކުރާ އަދި ޗާޖުކުރެވޭނެ ސްޓޭޝަންތައް ވެސް ހަދައިފަ އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި މި ސްކީމްގައި 100 ބެޓެރި ބައިސްކަލް ބޭނުންކުރާނެއެވެ. އަދި، މި ބައިސްކަލްތައް ސޯލާ ހަކަތައިން ޗާޖުކުރެވޭގޮތަށް، ސޯލާ ޗާޖިން ސްޓޭޝަންތައް ވެސް ހުޅުމާލޭގައި ގާއިމްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަސައްކަތަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ސަރުކާރުން ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ބެޓަރީ ބައިސްކަލުތަކަކީ، ސޯލާ ޗާޖިންގވެސް ހެދޭ ގޮތަށް ހުންނަ ބައިސްކަލްތަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެކަމާއި ގުޅޭ ސިސްޓަމް ހުޅުމާލޭގައި ގާއިމް ކުރުމަށް ދިރާސާތައް ހަދާ ނިމިފައިވާއިރު، ލަސްތަކެއް ނުވެ އެ ކުންފުންޏާއެކު މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުތެރޭ، ރާއްޖޭގައި އުފައްދާ ހަކަަތައިގެ ނިސްބަތުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

"ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް"ގެ ނަމުގައި ބައިކް ޝެއަރިން ސްކީމެއް ފަށުމުގެ މި މަސައްކަތަކީ ވެސް ސަރުކާރުން ތެލަށް ބަރޯސާވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކުރުމުގެ މަގުސަދުގައި ހިންގަން ރާވާފައިވާ ތަފާތު ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް