ads
ޝާހުރުކް ހާން
ސައިންޓިފިކް ދިރާސާ: ޝާހުރުކް ހާން އަކީ ދުނިޔޭގެ 10 ވަނަ އެންމެ ރީތި ފިރިހެން ތަރި
މަޝްހޫރު ސެލެބްރިޓީ ޕްލާސްޓިކް ސަރޖަން ޑރ. ޖުލިއަން ޑި ސިލްވާ ކުރެއްވި ސައިންޓިފިކް ދިރާސާއަކުން، ބޮލީވުޑްގެ ބާދުޝާ ޝާހުރުކް ހާން ވަނީ ދުނިޔޭގެ އެންމެ ރީތި 10 ފިރިހެން ތަރިންގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓުގައި ޝާހުރުކް ހާން ވަނީ 10 ވަނަ ގައެވެ. އަދި މިއީ މި ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއަން ތަރިއެވެ.
Advertisement

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ގްރީކް ގޯލްޑަން ރޭޝިއޯ އޮފް ބިއުޓީ އެވެ ކިޔާ މިންގަނޑެކެވެ. މި މިންގަނޑުން ޝާހުރުކް ހާންގެ މޫނުގެ ސިމެޓްރީ އާއި ފުރިހަމަކަން ވަނީ 86.76 އިންސައްތައިގައި ހުރިކަމަށް ދައްކާފައެވެ. ޑރ. ޖުލިއަން ޑި ސިލްވާ ވަނީ މޫނުގެ ސިފަތައް މެޕްކުރާ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން އެކި ތަރިންގެ މޫނުގެ ސިފަތައް ގޯލްޑަން ރޭޝިއޯއާ އަޅާކިޔާފައެވެ.

މި ލިސްޓުގެ އެންމެ މަތީގައި ވަނީ އެރަން ޓެއިލާ-ޖޮންސަނެވެ. ދެވަނައިގައި ވަނީ ލޫސިއަން ލަވިސްކޮމްބް އެވެ. އަދި ތިން ވަނައިގައި ވަނީ ޕޯލް މެސްކަލް އެވެ. ހަތަރު ވަނަ އަދި ފަސް ވަނައިގައި ވަނީ ރޮބަޓް ޕެޓިންސަން އަދި ޖެކް ލޯޑަން އެވެ. ހަ ވަނައިގައި ވަނީ ޖޯޖް ކްލޫނީ އެވެ. އޭގެ ފަހުން ވަނީ ނިކޮލަސް ހޯލްޓް އެވެ. އަށް ވަނައިގައި ވަނީ ޗާލްސް މެލްޓަން އެވެ. އަދި ނުވަވަނައިގައި ވަނީ އިޑްރިސް އެލްބާ އެވެ.

ޝާހުރުކް ހާންއަކީ އިންޑިއާގެ އެންމެ މަޤްބޫލު އެއް ތަރިއެވެ. އޭނާގެ ރީތި ސިފަތަކާއި ލޮލުގެ ސަބަބުން ގިނަ ބަޔަކު އޭނާ ރީތިކަމަށް ބުނެއެވެ. 2023 ވަނަ އަހަރަކީ ޝާހުރުކް ހާންގެ ކެރިއަރގައި ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ތިން ފިލްމު، "ޕަތާން"، "ޖަވާން" އަދި "ޑަންކީ" ވަނީ ބޮޑު ހިޓަކަށް ވެފައެވެ.

ކުރިއަށް އޮތް ތާންގައި ޝާހުރުކް ހާން ފެންނާނީ "ކިންގް" ނަމަކަށް ކިޔާ ފިލްމެއްގައެވެ. މި ފިލްމުގައި އޭނާގެ ދަރިފުޅު ސުހާނާ ހާން އަދި އަބިޝެކް ބައްޗަން ވެސް ފެންނާނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް