ads
އައްޑޫ ނޭޗާ ޕާކް ފޮޓޯ: ވިސިޓް މޯލްޑީވްސް
ނޭޗާ ޕާކް ހެދުމަށް ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރަނީ: މިނިސްޓްރީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނޭޗާ ޕާކް ހެދުމަށް މިވަގުތު ދަނީ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރަމުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ތޯރިގް މިކަން ހާމަކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި އެންވަޔަރަމަންޓް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ހެދުމަކީ ރައީސް ޑރ.މުއިއްޒުގެ މުހިއްމު ވައުދުފުޅެއް ކަމަށާއި އެހެންކަމުން އޭގެ ދަށުން މިހާރު އޮންނާނީ ޕްރޮޕޯސަލް ހުޅުވާލާ، ޕްރޮޕޯސަލްތައް މިނިސްޓްރީއަށް  ލިބިފައި ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ނޭޗާ ޕާކް ހެދުމުގެ ޕްރޮޕޯސަލްތައް އަޅުގަނޑު މެން މިހާރު ދަނީ އެވަލުއޭޓް ކުރަމުން، މާލަސްތަކެއް ނުވެ އަޅުގަނޑުމެން އިވަލުއޭޓްކޮށް ޕްރޮޕޯސަލް ވިންވި ފަރާތްތަކަށް އަޅުގަނޑުމެން އަންގާނަން" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި، ފޭސްތަކަކަށް ބަހާލައިގެން، ނޭޗާ ޕާކް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ތޯރިގް ދެއްވި އެވެ.

ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުގެ ސަބަބުން، އައްޑޫ އަދި ފުވައްމުލައް ނޭޗާ ޕާކް ރެސްޓޯކޮށް، މަރާމަތު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށައި އެއަށް ބޭނުންވާ ފައިސާ ހޯދައިދީ އެތަންތަން މަރާމާތު ކުރެވުމުގެ މަސައްކަތްވެސް މިވަގުތު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް