ads
ބިޝޯނީ، ސޯމީ އަދި ސަލްމާން
ސަލްމާންގެ އެކްސް ގާލް ފްރެންޑް އޭނާ މަރާލަން އުޅޭ ގުންޑާއަށް ދައުވަތުދީފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނުގެ ކުރީގެ ގާލް ފްރެންޑް ސޯމީ އަލީ، އޭނާ މަރާލަން އުޅޭކަމަށް ބެލެވޭ ގޭންގްސްޓަރު ލޯރެންސް ބިޝްނޯއީއާ ވާހަކަދައްކަން ބޭނުންވާކަމަށް ބުނެ މެސެޖެއް ފޮނުވައިފިއެވެ.
Advertisement

މިކަން ހާމަވެފައިވަނީ ދާދިފަހުން މަރައިލި އިންޑިއާގެ ވިޔަފާރިވެރިއާ އަދި ސަލްމާން ހާންގެ ގާތް އެކުވެރިއާ ބާބާ ސިއްދީގުގެ މަރާ ގުޅިގެން ސަލްމާން ހާނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ބާބާ ސިއްދީގުގެ މަރުގެ ޒިންމާ ލޯރެންސް ބިޝްނޯއީގެ ގޭންގުން ނަގާފައިވާއިރު، މި މަރާއި ސަލްމާން ހާނާ ދެމެދު ގުޅުމެއް އޮތްކަމަށް ބެލެވެއެވެ. ސަލްމާން ހާނާއި ބާބާ ސިއްދީގު ވަރަށް ގާތް ގުޅުމެއް އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު ސަލްމާން ހާނުގެ ގެއާއި އޭނާގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދެވި، ރައްކާތެރިކަން އިތުރުކުރެވިފައިވެއެވެ.

މި ހާލަތުގައި، ސޯމީ އަލީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ލޯރެންސް ބިޝްނޯއީގެ ފޮޓޯއެއް ޕޯސްޓްކޮށް، އޭނާއާ ވާހަކަދައްކަން ބޭނުންވާކަމަށް ބުނެފައިވެއެވެ. ސޯމީ އަލީ ބުނެފައިވަނީ ލޯރެންސް ބިޝްނޯއީ ޖަލުން ވެސް ޒޫމް މެދުވެރިކޮށް ގުޅުން ހަދާކަން އަޑުއިވި، ފެނިފައިވާ ކަމަށާއި، އެހެންކަމުން އޭނާއާވެސް ވާހަކަދައްކަން ބޭނުންވާ ކަމަށެވެ. އަދި މިފަދަ ގުޅުމެއް ހެދޭނެ ގޮތެއް އޮތްނަމަ އެކަން އަންގައިދިނުމަށް އެދިފައިވެއެވެ.

your imageސަލްމާން އަދި ސޯމީ އަލީ

މީގެއިތުރުން، ސޯމީ އަލީ ބުނެފައިވަނީ ރާޖަސްތާން އަކީ އޭނާ އެންމެ ގަބޫލުކުރާ ތަންތަނުގެ ތެރެއިން އެއްތަން ކަމަށާއި، އެތަނުގައިވާ މަންދިރަކަށް ޒިޔާރަތްކޮށް ޕޫޖާއެއް ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ލޯރެންސް ބިޝްނޯއީއާ ވާހަކަދައްކަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

ސޯމީ އަލީ މި މެސެޖުގައި ލިޔެފައިވަނީ، "ނަމަސްތޭ، ލޯރެންސް ބާއީ، އަޑުއިވުނު އަދި ފެނިލަން ބޭނުން. ތިޔަ ބޭފުޅާ ޖަލުން ވެސް ޒޫމް ކޯލްތައް ކުރައްވާކަން، އެހެންވީމާ އަޅުގަނޑު ތިޔަ ބޭފުޅާއާ ވާހަކަދައްކަން ބޭނުން. އެކަން ވާނެ ގޮތެއް އަންގަވައިދެއްވުން އެދެން" މިފަދައިންނެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސަލްމާންގެ ކުރީގެ ލޯބިވެރިއާ އޭނާ މަރާލްނަ އުޅޭ ގުންޑާއާއި ގުޅުން ބަދަހިކުރަން ނިންމާފައިވާއިރު، ސަލްމާން ހާން މަރާލާނެ ކަމަށް ބުނެ އަނެއްކާ ވެސް އިންޒާރެއް ވެސް ވަނީ ދީފައެވެ.  އިންޒާރު ދީފައިވަނީ ވެސް ލޯރެންސް ބިޝްނޯއީ ގޭންގުންނެވެ. މުންބާއީ ޓްރެފިކް ޕޮލިހަށް ލިބުނު ވަޓްސްއެޕް މެސެޖެއްގައި ބުނެފައިވަނީ ސަލްމާން ހާން ދިރި ހުންނަން ބޭނުންނަމަ، ބިޝްނޯއީ ކޮމިއުނިޓީއަށް 5 މިލިއަން ރުޕީޒް ދޭންޖެހޭނެ ކަމަށެވެ.

މި އިންޒާރުގައި އިތުރަށް ބުނެފައިވަނީ މި ފައިސާ ނުދީފިނަމަ، ސަލްމާން ހާންގެ ހާލަތު ބާބާ ސިއްދީގީއަށްވުރެ ގޯސްވާނެ ކަމަށެވެ. އަދި މި މަރުގެ ޒިންމާ ނަގާފައިވަނީ ލޯރެންސް ބިޝްނޯއީ ގޭންގުން ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް