ދިވެހި ޓީމު މިއަދު ބަލިވީ އަވައްޓެރި ލަންކާ އަތުން އެއް ލަނޑު ސުން ލަނޑުންނެވެ.
ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ސްރީ ލަންކާ އިން ވަނީ 17 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ.
އަންހެން ފުޓްބޯޅައިގައި ލަންކާ އެންމެ ފަހުން ވެސް މޮޅެއް ހޯދީ 2019 ވަނަ އަހަރު ރާއްޖެ އަތުންނެވެ. އެއީވެސް ހަމަ ނޭޕާލުގައި އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުންނެވެ.
ރާއްޖެ އާއި ލަންކާގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް އާއި ބޫޓާން އެވެ. ރާއްޖޭން ދެން ކުޅޭ މެޗުގައި، މީގެ ދެ ދުވަސް ފަހުން ބައްދަލުކުރާނީ ނޭޕާލްއާ އެވެ. ނޭޕާލުން މިއަދު ބޫޓާނާ ކުޅޭނެ އެވެ.