ads
އެމްއެމްއޭ އިމާރާތް
ކްރިޕްޓޯ ކަރަންސީއަށް ހިތްވަރު ނުދޭނެ: އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު
ކްރިޕްޓޯ ކަރަންސީއަށް ހިތްވަރު ނުދޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ
Advertisement

އިމާދު މިހެން ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރުފިޔާ ނުވަތަ އެސެޓަކަށް ބެކް ނުކޮށް ފޯރުކޮށްދޭ ކްރިޕްޓޯ ކަރަންސީއަށް މަރުކަޒީ ބޭންކުން ހިތްވަރު ނުދޭނެ ކަމަށެވެ.

އިމާދު ވިދާޅުވީ ކްރިޕްޓޯ ކަރަންސީއަކީ އެއްވެސް ބައެއްގެ ކޮންޓްރޯލެއް އޮންނަ ފައިސާއެއް ނޫން ކަމަށާއި، ދުނިޔޭގެ ގިނަ މަރުކަޒީ ބޭންކުތަކުންވެސް ކްރިޕްޓޯ ކަރަންސީއަކީ ބަލައިގަންނަ ނިޒާމެއް ނޫން ކަމަށެވެ. އެއީ މި ފައިސާއަކީ އެއްވެސް އެސެޓަކަށް ނުވަތަ ސެންޓްރަލް ބޭންކަކުން އިޝޫކޮށްފައިވާ ފައިސާއަކަށް ބެކްކޮށްފައިވާ އެއްޗަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިމާދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން، އެސެޓް ބެކްޑް ނުވަތަ ރުފިޔާ ބެކްކޮށް ތައާރަފުކުރާ އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާ ގުޅޭ ޖޮއިންޓު ރެގިއުލޭޓަރީ ފްރޭމްވޯކެއް ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް ވާޗުއަލް އެސެޓްސް ފޯރުކޮށްދޭނެ މެކޭނިޒަމެއް ނުވަތަ ލައިސެންސިން މެކޭނިޒަމެއް އުފެދިގެން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
87%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް