މި އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ: ފިނޭންސް މިނިސްޓަރު
ގުފްތަގް އަޖީރު
19 އޮކްޓޯބަރ 2024 - 16:54:16
މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސް ގައި މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާނެ އަދަދެއް އަދި ކަނޑަނާޅާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓު ކަނޑައަޅާނެ އަދަދެއް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓުގެ މަޝްވަރާއަށްފަހު ކަމަށެވެ.
މި ހިނގާ 2024 ވަަނަ އަހަރު ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިދިޔަ 2023 ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައި ވެސް ދައުލަތުގެ ބަޖެޓު ހުސްވެގެން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއެވެ. އެގޮތުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް