ads
ޑްރަގް އެންފޯސްމަންޓް ހެޑް ނާހިދު
މަސްތުވާތަކެތީ ގާނޫނުގެ 103 ވަނަ މާއްދާއަށް އަލަށް އަމަލުކުރަން ފަށައިފި
މަސްތުވާތަކެތީގެ ގާނޫނުގެ 103 ވަަނަ މާއްދާއަށް އަލަށް އަމަލުކުރަން ފަށައިފައިވާކަމަށް ޑްރަގް އެންފޯސްމަންޓްގެ ހެޑު ނާހިދު ހުސެއިން ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ނޭޝަނަލް ޑްރަގް އެޖެންސީއިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓްގެ ހެޑު ނާހިދު ހުސެއިން ވިދާޅުވީ މީގެ  މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަަނަ މާއްދާއަކީ އެއްވެސް އިރެއްގައި ބޭނުން ކުރެވިފައި އިން މާއްދާއެއް ނޫން ކަަމަށާއި އެހެންނަމަވެސް މިހާރު ފެށި މަސައްކަތުގެ ތެރެއިން 103 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފަރުވާއަށް ގެންދިއުމަށްޓަކައި ޑިމާންޑް ސެންޓަރަށް ގެންދަން ފަށާފައިވާކަމަށެވެ.

ޑްރަގް އެންފޯސްމަންޓް އާއި ނޭޝަނަަލް ޑްރަގް އެޖެންސީއާއި ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ މަސްތުވާތަކެތީގެ ތެރޭގައި މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 103 ވަަނަ މާއްދާގެ ދަށުން ބަންދުކޮށްގެން، ޑްރަގް އޮފެންޑާ ޑިމާންޑް ސެންޓަރަށް ގެންދިއުން ކަމުގައި ނާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ، މަގުމަތީގައި ސަލާން ޖަހާ އުޅޭ މީހުންނާއި، ވައްކަމާ ފޭރުމުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ، މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުންނާއި އަދި މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހިމެނޭ، މި މަސައްކަތުގެ ތެރެއިން 9 އޮކްޓޯބަރު 2024 ވަނަ ދުވަހުން ފެށިގެން މިހާތަަނަށް 14 މީހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި 3 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑާ ޑިމާޑް ސެންޓަރުގައި ވަނީ ބަންދުކުރެވިފައި" ޑްރަގް އެންފޯސްމަންޓް ހެޑް ނާހިދު ވިދާޅުވިއެވެ.

 މި މަސްތުވާތަކެއްޗާ ބެހޭ ގާނުނުގެ ދަށުން ބަންދުން ނުވީއްލި މި ފަރާތަތަކުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަަތްތައްް ކަމާ ގުޅުން ހުރި އިދާރާތަަކާ އެކީ ކުރެވެމުން އެބަ ދާ ކަމަށްވެސް ނާހިދު ވިދާޅުވިއެވެ. އަދި މިހާރު ފެށުނު މަސައްކަތުން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް މަގުމަތިން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމުގެ ޔަގީންކަންވެސް ނާހީދު ވަނީ ދެއްވާފައެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް