ads
އިޓަލިއަން ލީގުގެ މެޗެއްގެ ތެރެއިން
އިޓާލިއަން ލީގުގެ ހުރިހާ ކުޅުންތެރިން ކޮރޯނާއަށް ޓެސްޓް ކުރަނީ
ކޮރޯނާއާ ގުޅިގެން ހުއްޓާލާފައިވާ އިޓަލީގެ ފުޓްބޯޅަ ލީގު، އަލުން ފެށުމުގެ ކުރިން ލީގުގައި ކުޅޭ ހުރިހާ ކުޅުންތެރިން ކޮރޯނާއަށް ޓެސްޓުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

މާޗު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިޓަލީގައި ފުޓްބޯޅައިގެ ހުރިހާ ހަރާކާތެއް ވަނީ މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފަ އެވެ. އަދި ހާލަތު ތަން ދޭނަމަ އަންނަ މަހު ފަހުކޮޅު ފުޓްބޯޅަ އަލުން ފެށުމަށް އިޓަލީ ފެޑެރޭޝަނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ސްކައި ސްޕޯޓްސް އިޓާލިއާއާ ވާހަކަ ދައްކަވަމުން އިޓަލީ ވިލާތުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގެބްރިއަލް ވިދާޅުވީ، ހާލަތު ދަންދިންހާ އަވަހަކަށް ކުޅުން އަލުން ފެށޭނެ ކަމަށެވެ. އަދި އަލުން ފެށުމުގެ ކުރިން ލީގުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ކޮރޯނާއާ ޓެސްޓްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާ އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. އިޓަލީގައި ދޮޅު ލައްކައަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު އެ ގައުމުން ވިހި ހާހާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް