ads
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް
އިސްލާމިކް މިނިސްޓަރަށް މަރުގެ އިންޒާރު: ފުލުހުން ތަހުގީގު ފަށައިފި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ސިޓީއަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިންގާ "ކިންގް އޮފް ކިންގްސް" ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަފާތެރި އެއްވެސް މީހަކު މަގުމަތިން ފެންނަ ދުވަހަކީ އެމީހެއްގެ އެންމެ ފަހު ދުވަސް ކަމަށެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ޝަހީމްގެ ނަން ސީދާ ބަޔާންކޮށް، އޭނާއާއި ރައީސް މުއިއްޒުގެ އެހެން "ޕަޕެޓުން" އެކަނި މަގުމަތިން ފެނުމަކީ އެމީހެއްގެ ފަހު ދުވަސް ކަމުގައި ބުނެފައިވެ އެވެ. މި އިންޒާރާ ގުޅިގެން ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ލަފާކުރެވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި، އިންޒާރު ދިން ފަރާތް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިފަދަ އިންޒާރުތަކަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް