ads
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން:
ފުލުހުންގެ އިސް ދެ އޮފިސަރުންގެ މަސްއޫލިއްޔަތުތައް ބަދަލުކޮށްފި
ފުލުހުންގެ އިދާރާއިން އިއްޔެ ކުއްލި ބަދަލުތަކެއް ގެނެސް، އެސިސްޓެންޓް ކޮމިޝަނަރުންގެ މަގާމުގައި ތިބި ދެ އިސް އޮފިސަރުންގެ މަސްއޫލިއްޔަތުތައް ބަދަލުކޮށްފިއެވެ.
Advertisement

ފުލުހުންގެ އިދާރާއިން އިއްޔެ ކުއްލި ބަދަލުތަކެއް ގެނެސް، އެސިސްޓެންޓް ކޮމިޝަނަރުންގެ މަގާމުގައި ތިބި ދެ އިސް އޮފިސަރުންގެ މަސްއޫލިއްޔަތުތައް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ އަހުމަދު ޝިފާނާއި މޫސާ އަލީގެ މަސްއޫލިއްޔަތުތަކަށެވެ. ކުރިން ޝިފާން ހަވާލުވެ ހުރި ޕޮލިސް ކޮމިޝަނަރު އޮފީހުގެ މަސްއޫލިއްޔަތު މިހާރު ހަވާލުކޮށްފައިވަނީ މޫސާ އަލީއާ އެވެ. އަދި މޫސާ އަލީ ކުރިން ބެލެހެއްޓި ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ މަސްއޫލިއްޔަތު މިހާރު ހަވާލުކޮށްފައިވަނީ ޝިފާނާ އެވެ.

ފުލުހުންގެ އިދާރާގެ އެތެރޭގެ މުއާމަލާތްތަކަށް ބޭނުންކުރާ "އިންޓްރާ" އޮންލައިން ޕްލެޓްފޯމުގައި މި ބަދަލުތައް އިއުލާންކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް މި ބަދަލުތައް ގެނައި ސަބަބެއް ފުލުހުންގެ އިދާރާއިން އާންމުކޮށް އަންގާފައެއް ނުވެ އެވެ.

މި ބަދަލުތަކަކީ ފުލުހުންގެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު ބަދަލުތަކެއްތޯ ނުވަތަ އެހެން ސަބަބަކާ ހުރެ ގެނެވުނު ބަދަލުތަކެއްތޯ އަދި ސާފެއް ނޫނެވެ. ފުލުހުންގެ އިދާރާއިން މިކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެކަމަށް ބެލެވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް