ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
ޑޯޓްމަންޑުން ދެ ލަނޑު ސުން ލަނޑުން ކުރީގައި އޮއްވާ ރިއާލުން ފަސް ލަނޑު ޖެހީ ފަހު ހާފުގައެވެ. ރެއާލުން ފުރަތަމަ ލަނޑު ޖެހީ ކީލިއަން އެމްބާޕޭގެ ހުރަހަކުން އެންޓޯނިއޯ ރޫޑިގާ އެވެ. ވިނީޝިއުސް ފުރަތަމަ ޖެހި ގޯލު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އެ ގޯލު ބަލައިގަންނަން ނިންމީ އެވެ. އޭގެ ފަހުން، ދެ ގޯލު ޖަހައި، ވިނީޝިއުސް ވަނީ ރެއާލް ކޮޅަށް މެޗު އަނބުރާލައިފަ އެވެ. ފަހު ގޯލު ޖެހީ، ލޫކަސް ވަޒްކޭޒް އެވެ.