ads
ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރަން މާފުށީގައި އޮޕަރޭޝަން ކުރަނގި ފެށުން: އެރަށުން އެކަނި މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ --- ފޮޓޯ/ މިނިސްޓްރީ
އަންނަ މަހު ކުރަނގި އޮޕަރޭޝަން ގްރޭޓާ މާލޭ ސަރަހައްދުގައި ފަށަނީ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފަށަފައިވާ ކުރަނގި އޮޕަރޭޝަން، އަންނަ މަހު އެ އޮޕްރޭޝަން ގްރޭޓާ މާލޭ ސަރަހަދުގައި ރަސްމީކޮށް ފައްޓަވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ހޯމް މިނިސްޓްރީން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ  އަންނަ ނޮވެމްބަރު މަހު 1 ގައި  އޮޕަރޭޝަން ކުރަނގީގެ ގްރޭޓާ މާލޭ ސަރަހައްދުގެ އޮޕަރޭޝަން ފަށާނެކަަމާށާއި މި އޮޕަރޭޝަންގައި 150 އެއްހާ މުވައްޒަފުން ބައިވެރި ވުމަށް ހަަމަޖެހިފައިވާކަމަށެވެ.

ހޯމް މިނިސްޓްރީގެ އިތުރަށް މިނިސްޓްރީއާ ގުޅިފައިވާ އިދާރާތަކާއި ސަރުކާރުގެ ބައެއް އެސްއޮއީތަކުންވެސް މި އޮޕަރޭޝަންގެ ސަޕޯޓް ހޯދަައިގެން ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުން ދާކަަމަށް އިހުސާން ވިދާޅުވި އެވެ.

ކުރަނގި އޮޕަރޭޝަން މުޅި ރާއްޖޭގައި ފަށަފައިވާ ކަން ފާހަގަކޮށް އިހުސާން ވިދާޅުވީ ޖުމްލް 82 ރަށެއްގައި މި މަސައްކަތް މިބަގުތު ކުރިއަށްދާ ކަަމަށެވެ. އެގޮތުން އިއްޔެއާ ހަމައަށް 6891 ބިދޭންސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި އަމާޒަކީ އަންނަ އަހަރު އޭޕްރީލްގެ ކުރިން އޮޕަރޭޝަންގެ ފުރަތަމަ ފޭސްގެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށް އިހުސާން ވިދާޅުވި އެވެ. 

އަދި މިހާރު މަސައްކަތްދާ ބާރު މިނަށް ބަަލައިފިނަމަ ގަބޫލުކުރަނީ އަންނަ އަހަރު  ޖެނުއަރީގެ ނިޔަލަށް މި މަސައްކަތުގެ ފުރަތަަމަ ފޭސް ނިމިދާނެކަމަށް ކަން އިހުސާން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް އިހުސާން ވިދާޅުވެފައިވާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް