ads
ފަތުރުވެރިޔާ ގެނައި ލާރިކޮޅު ވަގަށް ނެގުމުން 28ހާހުގެ ޖޫރިމަނާއެއް
ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ރިސޯޓަސް ދިޔަ ފަތުރުވެރިއެއްގެ މުދާކޮޅު ވަގަށް ނެގިކަން ސާބިތުވުމުން ޖޫރިމަނާކޮށްފިއެވެ. ފަތުރުވެރިޔާ ގެނައި ލާރިކޮޅު ވަގަށް ނެގުމުން 28ހާހުގެ ޖޫރިމަނާއެއް
Advertisement

މި ހުކުމް އައިސްފައިވަނީ އއ. ސޭންޑިސް ބަތަލާ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ހަމްޒަތު މުހައްމަދުގެ މައްޗަށެވެ.

މި މައްސަލާގައި ބުނެފައިވަނީ މީނާ އެ ރިސޯޓްގައި ބަލަހައްޓަމުންދިޔަ ކޮޓަރީގައި އުޅުނު ރަޝިއާގެ ރައްޔިތެއް އެ ކޮޓަރީގެ ސޭފްގައި ބަހައްޓާފައި ހުރި ފައިސާ ވަގަށް ނަގައިފައިވާކަމަށެވެ. އެގޮތުން އެ ފަތުރުވެރިޔާ ބަހައްޓާފައި ހުރި 2،100 ޑޮލަރާއި 4،000 ރުބެލް (32،867 ރުފިޔާ) ވަގަށް ނަގާފައިވާކަމަށެވެ. 

މި މައްސަލަ ފަޅާ އަރާ ދައުވާކުރުމުން މީނާ ވަނީ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. މި މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުގައިވަނީ ފަތުރުވެރިޔާގެ ފައިސާ ވަގަށް ނެގި ހަމްޒަތު 28،000 ޖޫރިމަނާކުރަން ނިންމާފައެވެ. އަދި އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކަންވެސް ވަނީ އަމުރުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް