ads
ވޭޕްމަނާކުރަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަށް މަރުހަބާ ކިޔަމުން
ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކުރަަން ނިންމައިފި
ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 10 އިންސައްތަ އަންނަ އަހަރު އުނިކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފިއެވެ.
Advertisement

ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. 

މިގޮތުން މުސާރައާއި ގުޅޭ ގޮތުން ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުންވަނި ނިންމާފައެވެ. 

އަޅަން ރައީސް ނިންމެވި ފިޔަވަޅުތައް 

  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
  • މނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން. 10 އިންސައްތަ  އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

ރައީސް މުއިއްޒު ވިދާޅުވީ މުސާރަތަކަށް ބަދަލު ގެނައި ނަމަވެސް  12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް