ads
ތުރުކީގައި މިއަދު ހަމަލާ ދިން ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ.
ތުރުކީވިލާތުގައި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކެއް ދީފި, މިހާތަނަށް ހަތަރު މީހަކު މަރު
ތުރުކީވިލާތުގައި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކެއް ދީފި އެވެ.
Advertisement

ތުރުކީ މީޑިއާތަކުން ބުނީ ތުރުކީގެ ވެރިރަށް އަންކަރާއާ މާ ދުރު ނޫސް ހިސާބެއްގައި ހިންގާ ދައުލަތުގެ އެރޯސްޕޭސް އެންޑް ޑިފެންސް ކުންފުނި (ޓީޔޫއެސްޔޫއެސް)ގެ ހެޑްކުއާޓަރަށް ދިން ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ 14 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ހަމަލާ ދީފައިވާ ޓީޔޫއެސްޔޫއެސްގެ މައި އިދާރާ ހުންނަނީ ވެރިރަށް އަންކަރާއާ 40 ކިލޯމީޓަރު އުތުރުން އޮންނަ ކުޑަ ރަށެއް ކަމުގައިވާ ކަހްރަމަންކަޒާންގަ އެވެ. ޓީޔޫއެސްޔޫއެސްއަކީ ތުރުކީވިލާތުގެ ވައިގެ އުދުހުންތަކާއި ދިފާއާ ބެހޭ އެންމެ މައި ކުންފުންޏެވެ. 

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ހަމަލާއަށް ފަހު ބަޔަކު ވަނީ ރަހީނު ވެސް ކޮށްފަ އެވެ. އަދި އެހެން ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެއްޗެއް ގޮއްވާލުމަށް ފަހު ބަޑީގެ ހަމަލާ ބަދަލުކުރި އަޑު ވެސް އިވެމުން ދިޔަ އެވެ.

މީޑިއާގައި ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ ތުރުކީ ގަޑިން ހަވީރު 4:00 ހާއިރު އެވެ.

"ތުރުކީގެ އެރޯސްޕޭސް އިންޑަސްޓްރީސް އަށް ޓެރަރިސްޓް ހަމަލާއެއް ދީފި، އެތައް ބަޔަކު ޝަހީދުވެ އަދި ޒަހަމްވިކަމީ ބޮޑު ދެރައެއް ހިތާމައެއް،" އިންޓީރިއާ މިނިސްޓަރު އަލީ ޔަރްލިކާޔާ އެކްސްގައި ލިޔުއްވާފައިވެ އެވެ.

ޓީޔޫއެސްޔޫއެސްގެ މަރުކަޒަށް ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ބެލެވޭ ދެ މީހަކު ސެކިޔުރިޓީ ކެމެރާތަކުން ނަގާފައިވާ ބައެއް ވީޑިޔޯތަކުން ފެނިފައިވާ ކަމުގައި އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރި އެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭއިރު, އެ ދެ މީހުން ވެސް ތިބީ ހަތިޔާރު އަޅައިގެންނެވެ. ހަމަލާ ދީފައިވާ މަރުކަޒަކީ 15000އެއްހާ މީހުން ވަޒީފާ އަދާކުރާ ތަނެކެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެއެވެ. ތުރުކީ ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް