ads
ގޯވިންދާއާ ކްރިޝްނާ
7 އަހަރަށް ފަހު ގޯވިންދާއާ ކުރުޝްނާ ރުޅިވެރިކަން ނިމުމަކަށް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ އާއި އޭނާގެ ދައްތަގެ ދަރިފުޅު މަޝްހޫރު ކޮމީޑިއަން ކުރުޝްނާ އަބީޝެކާއި ދެމެދު ހިނަގަމުންދިޔަ ހަމަނުޖެހުންތައް 7 އަހަރަށް ފަހު ނިމުމަކަށް އަތުވެއްޖެއެވެ.
Advertisement

ކްރިޝްނާ އާއި ގޯވިންދާއާ  ދެމެދު ނުތަނަވަސްކަން އުފެދި ހަމަނުޖެހުން ހިންގަން ފެށީ ޓީވީ ޝޯތަކުގައި ކުރުޝްނާ ގޯވިންދާގެ ކެރެކްޓާތަކާއި ޖޯކު ޖަހާކަމަށް ބުނެ ގޯވިންދާ އެކަމާ ނުރުހުން ފާޅުކުރުމުންނެވެ.

މި ދެ ތަރިންގެ މަދުގައި ހިތްހަމަނުޖެހުން ހިންގަމުން އަންނަތާ ވަނީ 7 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. މި ދުވަސްވީ ހިތްހަމަނުޖެހުން ނިމުމަކަށް އައީ ގޯވިންދާ ބަލިވެގެން ހޮސްޕިޓަލައުގައި އެޑްމިޓްކުރި ފަހުންކަމަށް ހަބަރުތައް ބުނެއެވެ. 

ގޯވިންދާ އެޑްމިޓްކުރުން ހޮސްޕިޓަލަށް ކުރުޝްނާ އަންހެނުން ކަޝްމީރާ ޒިޔާރަތްކުރިކަމަށް ބުނެއެވެ. އަދި އޭރު ކުރުޝްނާ ދަތުރެއްގައި އުޅޭތީ ދަތުރު ނިންމާފައި އައިސް ގޯވިންދާ ކައިރިޔަށް ކުރުޝްނާ ދިޔަކަމަށް ބުނެއެވެ. އޭރު ގޯވިންދާވަނީ ގެއަށް ބަދަލުކޮށްފައެވެ. 

ކުރުޝްނާ ބުނީ އޭނާއާއި ގޯވިންދާއާ އޮތް ނުތަވަނަސްކަން ވަޅުލައި އެކުގައި ކުރިޔަށްދާން ފަށާފައިވާކަމަށެވެ. ފަހަކަށް އައިސް ކުރުޝްނާ އަންނަނީ އޭނާ އާއްމުކޮށް ފެންނަ ކަޕިލް ޝަރުމާ ޝޯގައި ގޯވިންދާގެ ކެރެކްޓާތައް ބޭނުންކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް