ބާސެލޯނާ އިން ބަޔާން މިއުނިކް ބަލިކުރީ 4-1 އިންނެވެ. ބަޔާނުން ބާސެލޯނާގެ މައްޗަށް 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި 8-2 އިން ކުރިހޯދިއިރު، ބަޔާންގެ ކޯޗަކަށް ހުރި ހަންސީ ފްލިކަކީ މިހާރު ބާސެލޯނާގެ ކޯޗެވެ. ރޭ ބާސެލޯނާ އިން ބަޔާން ބަލިކުރީ މެޗު ޑޮމިނޭޓްކޮށްގެންނެވެ.
ބާސެލޯނާގެ ލަނޑުތައް ޖެހީ، ރަފީނިއާ ހެޓްރިކެއްގެ އިތުރުން، ކުރިން ބަޔާނަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗުގައި، ބަޔާންގެ ހަމައެކަނި ލަނޑު ޖެހީ ހެރީ ކޭން އެވެ.