ގައުމު ސަލާމަތްކުރުމުގެ މަސައްކަތް ރައީސް ފެއްޓެވުމުން ޝިޔާމްގެ ޝުކުރު
ގުފްތަގް އަޖީރު
24 އޮކްޓޯބަރ 2024 - 10:27:45
ރައީސް މުހައްމަދު މުއިއްޒު އަންނަން އޮތް ޖީލުތަކަށް ގައުމު ސަލާމަތްކުރުމަށް ކުރެއްވުމަށް މަސައްކަތްޕުޅު ފައްޓަވައިފިކަަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ޝުކުރު އަދާކުރައްވައިފިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރައީސް މުއިއްޒު އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުގެ އިސް މަގާމުތަކުގެ މުސާރަ ކުޑަކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެންނެވެ. މި ނިންމެވުމުގެ ދަށުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސަންޓު އުނިކުރެވޭނެއެވެ.
"ރައީސް މުއިއްޒު މިއަދު ކުރައްވާ މަސައްކަތްޕުޅަކީ އަންނަން އޮތް ޖީލުތަކަށް މި ގައުމު ސަލާމަތްކޮށްދެއްވުމުގެ މުހިންމު ބުރަ މަސައްކަތްޕުޅެއް. އެމަނިކުފާނު ސާބިތުކޮށްދެއްވަނީ މިއީ އެކަކު ދެމީހެއްގެ ގައުމެއް ނޫންކަން. އަދި އެމަނިކުފާނަކީ ދިވެހިންގެ ވެރިއެއްކަން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ ނިންމެވުންތަކަކީ ސިޔާސީ ގޮތުން މަގުބޫލު ނިންމެވުންތަކެއް ނޫނެވެ. އަދި ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ނުރުހުން ލިބޭ ނިންމެވުންތަކެކެވެ. ނަމަވެސް ރައީސް މުއިއްޒު މި ނިންމެވުންތައް ނިންމަވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދިވެހިންނަށް ދިވެހިންގެ ރާއްޖެ އަނބުރާ ހޯއްދަވައިދެއްވުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް