މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އއ. ތޮއްޑޫގައި "އިހުރު ބާޒާރު" ގެ ނަމުގައި ދަނޑުވެރިންގެ މާރުކޭޓެއް ވަނީ ހުޅުވާފައެވެ.
ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު ވިދާޅުވީ މި ބާޒާރަކީ ރާއްޖޭގައި ދަނޑުވެރިންނަށް އަމާޒުކޮށްގެން ހުޅުވި ފުރަތަމަ ބާޒާރު ކަމަށެވެ. އަދި މި ބާޒާރުގެ މަގުސަދަކީ ތޮއްޑޫގެ އުފެއްދުންތައް ޓޫރިސްޓުންނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބީސީސީގެ އަމާޒަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަކީ އާންމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ބަލައިގަންނަ، ފެންވަރު ރަނގަޅު އުފެއްދުންތަކަށް ހެދުން ކަމަށް ޒިޔާއު ވިދާޅުވި އެވެ. މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ބީސީސީ އިން ދަނީ ކުރަމުންނެވެ.