ads
އައިޝްވާރިއާ އަދި އަބީޝޭކް
15 އަހަރުވީ ކައިވެންޏާ ގުޅޭގޮތުން އަބިޝެކް ދެއްކިވާހަކަތަކަށް ސަމާލުކަން
އަބިޝެކް ބަޗަން އަދި އައިޝްވަރިއާ ރާއީ ބަޗަން ވަރިވާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި، މި ޖޯޑުގެ ކައިވެނީގެ ދިރިއުޅުމާ ބެހޭ ގޮތުން އަބިޝެކް ދެއްކި ވާހަކަތަކެއް ގިނަބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.
Advertisement

 ދެހާސް ބާވިސް ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އަބިޝެކް ވަނީ އައިޝްވަރިއާ އާއެކު 15 އަހަރުގެ ކައިވެނީގެ ދިރިއުޅުމާ މެދު ވާހަކަދައްކާފައެވެ.

މި އިންޓަވިއުގައި އަބިޝެކް ހުރީ އޭނާގެ "ދަސްވީ" ފިލްމުގެ އެކްޓަރު ނިމްރަތް ކައުރު އާ އެކުގައެވެ. އިންޓަވިއު ކުރިއަށްދަނިކޮށް، އަބިޝެކް އާއި އައިޝްވަރިއާގެ ކައިވެނިވީތާ 15 އަހަރު ފުރުނު ކަމަށް ބުނެ ހޯސްޓު މުބާރަކުބާދީ ދިނުމުން، ނިމްރަތް ވަރަށް ބޮޑަށް ހައިރާންވެފައިވެއެވެ. "15 އަހަރު، ތެދެއްތަ؟" ނިމްރަތް އެހުމުން، އަބިޝެކް ވަނީ "އާނ، 15 އަހަރު. 2007 އިން 2022 އަށް" ކަމަށް ކަށަވަރުކޮށްދީފައެވެ.

އިންޓަވިއުގައި އަބިޝެކް ވަނީ އައިޝްވަރިއާގެ އަގު ވަޒަންކޮށް، އޭނާއަށް ލިބޭ އިހުސާސީ އެހީތެރިކަމުގެ ވާހަކަ ދައްކާފައެވެ.

"އަހަރެން ހިތުން މިހާރު އަންހެނުންނަކީ ފިރިހެނުންނަށްވުރެ މާ މޮޅު ބައެއްކަން ގަބޫލުކުރަން ޖެހޭ. އެމީހުން ކަންކަން ރަނގަޅު ގޮތުގައި ދެކޭ. އަދި އަހަރެންގެ އަނބިމީހާ އެކަމުގައި ވަރަށް ހާއްސަ މީހެއް. އޭނާ އަހަރެންނަށް ވަރަށް ގަދަ އިހުސާސީ ބާރަކަށް ވެފައިވޭ" އަބިޝެކް 2022 ވަނަ އަހަރު ދިން އިންޓަވިއުގައިބުންޏެވެ.

މި އިންޓަވިއު އަލުން ސަމާލުކަމަށް އައިސްފައިވަނީ އަބިޝެކް އަދި އައިޝްވަރިއާ ވަރިވާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ދެމަފިރިންގެ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ނިމްރަތް ކައުރުގެ ނަން ގުޅުވައި ވާހަކަތަކެއް ދެކެވެމުންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް