ބޫޓާން އަތުން މިއަދު 13 ލަނޑު ސުން ލަނޑުން ދިވެހި ޓީމު ބަލިވެ ދިވެހި ޓީމަށް މިވަނީ މުބާރާތް ނިމިފައެވެ. މުބާރާތް ނިންމާލިއިރު، ދިވެހި ޓީމަށް މެޗަކުން މޮޅުނުވެވުނުތާ ލަނޑެއްވެސް ކުޑަމިނުން ނުޖެހެއެވެ.
މިއަދު 13 ލަނޑުން ބޫޓާން އަތުން ދިވެހި ޓީމު ބަލިވިއިރު، ކުރީ މެޗުގައި ނޭޕާލު އަތުން ބަލިވީ 11 ލަނޑު ސުން ލަނޑުންނެވެ. އޭގެ ކުރިން ލަންކާ އަތުން އެއް ލަނޑު ސުން ލަނޑުން ބަލިވިއެވެ. މުޅި މުބާރާތުގައި ރާއްޖޭން ކުޅުނު ތިން މެޗުން ޖުމްލަ އެކު 25 ލަނޑު ރާއްޖެ ކޮޅަށް ވަނެވެ.
ގްރޫޕުގެ ފުލުގައި އޮވެ ރާއްޖޭން މުބާރާތް ނިންމާލިއިރު، މުބާރާތް ފެށުނު އިރު ޓީމުން ޓާގެޓް ކުރީ ސެމީ ފައިނަލް ކުޅޭށެވެ.