ads
ސަލްމާން ހާން
މަރާލަން އުޅޭ މީހުން ކައިރިން ސަލާމަތް ވާން ސަލްމާން ހާން ފައިސާ ވެސް ހުށައެޅި
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން، އޭނާ މަރާލަން އުޅޭ ކަމަށް ބުނާ ގޭންގު ކައިރިން ސަލާމަތްވުމަށް ފައިސާ ހުށަހެޅި ކަމަށް ހާމަވެއްޖެއެވެ.
Advertisement

މި މައުލޫމާތު ހާމަކޮށްފައިވަނީ ޖަލުގައި ހުރި ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ ކޮއްކޮ ރަމޭޝް ބިޝްނޯއީއެވެ.

ރަމޭޝް ބިޝްނޯއީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސަލްމާން ހާން ބިޝޯނީގެ ގޭންގަށް ފައިސާ ހުށަހެޅި ނަމަވެސް އެ ގޭންގުން އެ ފައިސާ ބަލައިނުގަތް ކަމަށެވެ. 

"ސަލްމާންގެ ބައްޕަ ސަލީމް ހާން ބުނެފައިވަނީ ލޯރެންސްގެ ގޭންގުން މިކަން ކުރަނީ ފައިސާއަށް ކަމަށް. އަހަރެން އޭނާއަށް ހަނދާންކޮށްދޭން ބޭނުން، އޭނާގެ ދަރިފުޅު ޗެކް ފޮތެއް ހިފައިގެން އައިސް ބުނީ ބުނި އަދަދެއް ލިޔެފައި ގެންދާށޭ. އަހަރެމެން ފައިސާއަށް ދަހިވެތިވެފައި ތިބި ނަމަ އޭރު އެ ފައިސާ ނަގާނެ" ބިޝޯނީގެ ކޮއްކޮ ބުންޏެވެ.

ސަލްމާން ހާނާއި ބިޝްނޯއީ ގޭންގާ ދެމެދު މައްސަލަ ޖެހުނީ ސަލްމާން ހާން ކަޅު ފުއްލާއެއް މަރާލި ކަމަށް ތުހުމަތު ކުރެވުނު ހިސާބުންނެވެ. ބިޝްނޯއީ ގޭންގުން ކަޅު ފުއްލާ އަކީ މުގައްދަސް ޖަނަވާރެއްގެ ގޮތުގައި ދެކެއެވެ. ރަމޭޝް ބުނެފައިވަނީ ސަލްމާން ހާން ކަޅު ފުއްލާ މެރި ހިނދު ކޮންމެ "ބިޝްނޯއީއެއް"ގެ ލޭ ކެކި އުތުރެމުންދިޔަ ކަމަށެވެ. އަދި މުޅި ގޭންގަށް މިހާރު ލޯރެންސް ބިޝްނޯއީއާ އެކުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސަލްމާން ހާނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މި އަހަރުގެ އޭޕްރީލް މަހު ނަވީ މުންބާއީ ފުލުހުން ވަނީ ބިޝްނޯއީ ގޭންގުގެ ބައެއް މެންބަރުންނާ ދެކޮޅަށް މައްސަލައެއް ހުޅުވާފައެވެ. އެއީ ސަލްމާން ހާންގެ ޕަންވެލްގައި ހުރި ދަނޑުގޭގައި އޭނާ މަރާލަން ރޭވި ކަމުގެ ތުހުމަތުގައެވެ. އަދި މުންބާއީގެ ބަންދްރާގައި ހުރި ސަލްމާންގެ ގެ ކައިރީގައި ވެސް ވަނީ ވަޒަން ޖަހާފައެވެ. މީގެ އިތުރުން ސަލްމާން ހާނަށް ވަނީ 5 ކްރޯ ރުފިޔާގެ ފިދުޔަ ފައިސާ ދެއްކުމަށް އެދި އިންޒާރު ލިބިފައެވެ.

މި މައްސަލައާ ގުޅިގެން ސަލްމާން ހާންގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅޭ ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މި ހާދިސާތަކުގެ ސަބަބުން ސަލްމާން ހާންގެ ފަރާތުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް