
ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި ބަޔަކަށް އަނިޔާވެއްޖެ
އަލީ މިދުހަތު
25 އޮކްޓޯބަރ 2024 - 20:47:49
ކ. ގުޅިފަޅު ކައިރިން ދެ ލޯންޗެއް ޖެހި ހަތަރު މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، ގުޅީފަޅު ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:34 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގައި 4 މީހަކަށް އަނިޔާވެފައިވާއިރު، އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ހަމައެއާއެކު އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް