"ގްރޭ ޑިވޯސް" އަކީ 50 އަހަރުން މަތީގެ ނުވަތަ ގިނަ ދުވަހު އެކުގައި ދިރިއުޅެފައިވާ މީހުން ވަކިވުމަށް ކިޔާ ނަމެކެވެ. މިއީ ބޮޑަށް ހުޅަނގުގެ ގައުމުތަކުގައި ފެންނަ ކަމެއް ނަމަވެސް، މިހާރު އިންޑިއާގައި ވެސް މިފަދަ ވަރިތައް އިތުރުވަމުން އަންނަ ކަމަށް ބުނެވެއެވެ.
އަބިޝެކް އަދި އައިޝްވަރިއާ ކައިވެނިކުރީ 2007 ވަނަ އަހަރުއެވެ. މި ދެމަފިރިންގެ ދަރިއަކު ވެސް އެބަހުއްޓެވެ. އެއީ އާރާދިޔާ ބަޗަންއެވެ. އެންމެ ފަހުން އަނަންތް އަންބާނީގެ ކައިވެނީގައި މި ދެމަފިރިން ފެނުނީ ވަކިންނެވެ. އައިޝްވަރިއާ އައީ އޭނާގެ ދަރިފުޅާ އެކުގައެވެ. އަބިޝެކް އައީ އޭނާގެ އާއިލާއާ އެކުގައެވެ.
މި ދެމަފިރިންގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ ކަމަށް ބުނެވެނީ އަބިޝެކްގެ ފިލްމެއްގައި އޭނާއާ އެކު މަސައްކަތްކުރި ނިމްރަތް ކައުރްގެ ސަބަބުން ކަމަށް ވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނެއެވެ.